30 Jul 2019, 11:03
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އޮތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ އަތޮލު ފެހެންދޫއަށް ވަޑައިގެންފި އެވެ.
ރައީސް ސޯލިހް ފެހެންދުއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް އެރަށުން ހޫނު މަރުހަބާއެއް ދެންނެވި އެވެ.
މި ދަތުރުފުޅުގައި ފެހެންދޫގެ ކައުންސިލަރުންނާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ބ. ބައެއް ރަށްތަކަށް ރައީސް ސޯލިހް ކުރައްވާ މި ދަތުރުފުޅުގައި ފެހެންދޫގެ އިތުރުން ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައި އެރަށްރަށުގެ ކައުންސިލަރުންނާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ އަދި އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެ އެވެ.