29 Jul 2019, 18:25
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދެން ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވޭނީ ކޮންމެ އަހަރެއްގެ ދެ މުނާސަބަތާ ގުޅިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައި ވަނީ އެ ކައުންސިލުގެ ތިން ވަނަ ދައުރުގެ 14 ވަނަ ކުއްލި ބައްދަލުވުމުގައެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެގޮތަށް ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އިން ގެޒެޓުކޮށްފައިވާ ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުގެ 13 ވަނަ މާއްދާގައި އެގޮތަށް ކަނޑައަޅާފައި ވާތީ ކަމަށެވެ.
މިގޮތުން ދެން މާލެ ސިޓީގައި ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވޭނީ ޝައުބާން މަހުގެ އިތުރުން ސްކޫލް ބޮޑު ބަންދު ތެރޭގައެވެ.
އަދި މަގުމަތީބާޒާރު ބޭއްވުމުގެ ހުއްދައަށް އެދެންވާނީ މާލެ ސިޓީ ކައުންސިލުން އެކަމަށް ހުޅުވާލުމުން ކަމަށް ވެސް އިއުލާނުގައި ވެއެވެ.