ދެކުނުގެ ރަށެއްގެ ސްކޫލުގައި ކިޔަވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ކިޔަވާ ސްކޫލުގެ ޕްރިންސިޕަލްގެ ފިރިމީހާ، ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައެއް މީގެ ދުވަސްތަކެއް ކުރިން ވަނީ ފެންމަތިވެފަ އެވެ. ކުއްޖާ އަށް ޖިންސީގޯނާ ކުރީ ސްކޫލުގެ ފީލްޑް ޓްރިޕެއްގެ ތެރެއިން ކަމަށް އެނގިފައިވެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ސަން އަށް ބުނީ ސްކޫލު ކުއްޖަކާ ބެހުނު މައްސަލަ ކުއްޖާގެ ބައްޕަގެ ފަރާތުން ފުލުހުންނަށް ހުށަހެޅި ކަމަށާއި ނަމަވެސް މައްސަލަ ކުރިއަށް ނުގޮސް އޮތީ ކަމަށެވެ. އަނެއްކާ ވެސް އެ މައްސަލަ ރަށުގެ ބަޔަކު ހުށަހެޅީ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލާގައި ޖެންޑާ މިނިސްޓްރީ އިން ބުނީ ދެކުނު ރަށެއްގެ ސްކޫލު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ހުށަހެޅިފައިވާ ކަމަށާއި ފުލުހުންނާއި ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.