ފަންސަވީސް ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ކެންޓީނެއް ހިންގައި ހިދުމަތް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗްއިން ބުނީ އެ ކެންޓީން ހިންގާނީ އެންމެ ތިރީ ފަންގިފިލާ އަދި މެޒަނިން ފަންގިފިލާގައި ކަމަށެވެ.

އޭގެ ތެރެއިން މެޒަނިން ފަންގިފިލާގައި 513 އަކަފޫޓް ހުންނާނެ ކަމަށާއި އަދި ފުރަތަމަ ފަންގިފިލާގައި 818 އަަކަ ފޫޓް ހުންނާނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

އެ ކެންޓީނު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ބިޑްގެ ޑޮކިއިމަންޓް އަންނަ މަހުގެ އެކަކުން 29 އަށް ހެނދުނު 10:00 އިން 13:30 އަށް އައިޖީއެމްއެޗްގެ ފައިނޭންސް ޑިޕާޓްމަންޓްއިން ލިބޭނެ ކަމަށްވެސް އެ ހޮސްޕިޓަލްއިން ބުންޏެވެ.

އެ ބިޑް ޑޮކިއުމަންޓްގެ އަގަކީ 100 ރުފިޔާއެވެ.

ކެންޓީނުގެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަށަން ނިންމިއިރު އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓްތައް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްއަށް ބަދަލުވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ފިރިއޮތޮރަޕީ ޑިޕާޓްމަންޓް ހިމެނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ޑިޕާޓްމަންޓްތައްވެސް ދަރުމަވަންތައަށް ބަދަލުކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.