މިދިޔަ ހަފްތާގައި މޭލެ ސިޓީގައި ލައިސެންސް ނެތި އުޅަނދުފަހަރު ދުއްވާގެން 109 މީހުން ހިފެހެއްޓިކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ލައިސެންސް ނެތި ހިފެހެއްޓި 109 މީހުންގެ ތެރެއިން 86 މީހަކު ހިފަހައްޓާފައިވަނީ ހުޅުމާލެ އިންނެވެ. ބަކީ 20 މީހުން ހިފެއްޓީ މާލެ އަދި ވިލިމާލެ އިންނެވެ.

މުޅި މާލެ ސިޓީން ފުލުހުން ޗެކް ކުރި އުޅަނދުތަކުގެ އަދަދަކީ، 256 އެވެ. ބަލާ ފާސް ކުރިއިރު، ލައިސެންސް ކާޑު އަތުގައި ނެތް 66 މީހަކު ހުއްޓުވިއެވެ.

އެކްސިޑެންޓްތަކަށް ބަލާއިރު މިދިޔަ ހަފްތާފައި މާލޭ ސިޓީގައި 50 އެކްސިޓެންޓް ވަނީ ހިގާފައެވެ. އޭގެ ތެރެއިން 15 މީހަކަށް ވަނީ އަނިޔާވެފައެވެ. ނަމެވެސް އެ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

ގަވާއިދަށްވުރެ ބާރަށް ދުއްވި އުޅަނފުގެ އަދަކީ، 55 އެވެ. 18 އަހަރުން ދަށުގެ ދެ ކުޑަ ކުއްޖަކު ދުއްވަނިކޮށް ހިފެހެއްޓިއިރު، ޓްރެފިކް ނިޝާންތަކާ ޚިލާފްވެގެން 13 މީހަކު ހިފެހެއްޓި އެވެ.

ގަވާއިދާ ޚިލާފަށް ޕާކް ކޮށްގެން 256 އުޅަނދެއްގައި ސްޓިކާ ވަނީ ޖަހާފައެވެ. ޓޯ ކުރި އުޅަނދުގެ އަދަދަކީ، 43 އެވެ.

ގަވައިދާ ޚިލާފަށް ޕާކް ކޮށްގެން ފުރަތަމަ ފަހަރު ނަމަ ޖުރިމަނާ ކުރާ އަދަކީ، 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ، 500 ރުފިޔާ އަދި ތިން ވަނަ ފަހަރު ނަމަ 750 ރުފިޔާ އިން ޖޫރިމާ ކުރެވޭނެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ސައިކަލް ދުއްވަމުން ސިނގިރޭޓް ބޮއެގެން ތިން މީހަކަށް ނަސޭހަތް ދިން އިރު، ހެޑްސެޓް ޖަހައިގެން ނުވަތަ ފޯނު ބޭނުންކޮށްގެން ދުއްވަނިކޮށް 45 މީހަކު ހުއްޓުވިއެވެ.