28 Jul 2019, 12:26
މީޑިއާ ނެޓުގެ ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
މީޑިއާނެޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިޑިއާ ނެޓުގެ ޑައުންލިންކް ސިގްނަލަށް ދިމާވާ އިންޓަފެރަންސެއްގެ މައްސަލައެއްގެ ސަބަބުން މީޑިއާ ނެޓުގެ ހިދުމަތް ބޭނުން ކުރުމުގައި އެކި ޗެނަލްތައް ފެނުމުގައި ދަތިތަކެއް އުޅޭ ކަމަށެވެ.
އެ މައްސަލަ ދިމާވަނީ ކިހިނެއްތޯ ބަލައި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.
ބައެއް ޗެނަލްތައް ލިބުމުގައި ދަތިތައް ދިމާވާތީ މީޑިއާ ނެޓުން ވަނީ އެކަމަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.