25 Jul 2019, 19:30
ރާއްޖޭގައި އިލެކްޓްރޯނިކްސްގެ އެކި ބާވަތްތަކުގެ މުދާތައް ވިއްކަމުންދާ ރެފްކޫލްއިން ކުރިއަށް ގެންދިޔަ ލަކީ ޑްރޯގެ ގުރުއަތު މިއަދު ހަވީރު ނަގައިފިއެވެ.
މިއީ ރެފް ކޫލްއިން މިދޔަ ރޯދަމަހު އެ ކުންފުނީގެ ހުރިހާ ފިހާރަތަކަކުން 500 ރުފިޔާގެ ވިޔަފާރި ކުުރުމުން އިނާމް ލިބޭ ގޮތަށް ހުޅުވާލި ލަކީޑްރޯއެކެވެ
ލަކީ ޑްރޯއިން ވަނަ ވަނަ އަށް ހޮވުނު ފަރާތްތައް
އެއްވަނަ: އިފްނާޒް ( ކޫޕަން ނަންބަރު: 23573)
ދެވަނަ: އަފްޝީން ( ކޫޕަން ނަންބަރު: 13876)
ތިންވަނަ: މަރިޔަމް މުޝްފިގާ ( ކޫޕަން ނަންބަރު: 17352)

ރެފްކޫލް ފިހާރަ-- ސަން ފޮޓޯ: އަހުމަދު އަވުޝަން
ލަކީ ޑްރޯގެ އިނާމްތައް
އެއްވަނަ: ހައިސެންސް ބްރޭންޑްގެ 65 އިންޗި ސްމާޓް ޓީވީ
ދެވަނަ: ޓެކްނޯ ބްރޭންޑްގެ ދޮންނަ މެޝިން އަދި ޑްރަޔަރު
ތިންވަނަ: ގަލަންޒް ބްރޭންޑްގެ އިލެކްޓްރިކް އަވަން
ރެފްކޫލްއިން ބުނީ ގުރުއަތުން ހޮވުނު ފަރާތްތަކަށް ވަރަށް އަވަހަށް ގުޅައި އިނާމްތައް ހަވާލުކުރާނެ ކަމަށެވެ.

ރެފްކޫލް ފިހާރަ-- ސަން ފޮޓޯ: އަހުމަދު އަވުޝަން
ރެފްކޫލްއިންއިން މިހާރުވެސް މާލޭގައި ފިހާރައެއް ހިންގައެވެ. އަދި ލެކްސްކޫލްގެ ނަމުގައި މާލެ އަދި ހުޅުމާލޭގައި ފިހާރައެއް ހިންގައެވެ. އަދި އޭގެ އިތުރުން ރެފް ކޫލް އިލެކްޓްރޯނިކްސްއާއި ރެފްކޫލް ރައިޑްގެ ނަމުގައިވެސް ފިހާރައެއް ހިންގައެވެެ.
ރެފްކޫލްއަކީ އެލްޖީ ބްރޭންޑްގެ އެއާ ކޯންއާއި ޓީވީއާއި ހޯމް އެޕްލަޔަންސަސްގެ އޮތޮރައިޒް ޑިސްޓްރިބިއުޓާވެސް މެއެވެ. އަދި 2002 ވަނަ އަހަރުން ފެށިފެން ގްރީ ބްރޭންޑްގެ ރެފްރިޖިރޭޝަންގެ ހުރިހާ ތަކެއްޗެއްގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރަކީވެސް ރެފްކޫލްއެވެ.