ޕޯސްޓުން ގެނެއި ކެނެބިސް ފަތާއި ޕާޓީ ޑްރަގްސް ތަކެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ތަފާތު ދެ ގައުމަކުން އެތެރެ ކުރި މި ދެ ބާވަތް ވެސް އަތުލައިގަތީ އިއްޔެއެވެ.

ކެނެބިސް ފަތް (ހިއްކާފައި) 66 ގްރާމްއަކީ އިނގިރޭސީވިލާތުން އައި ތަކެއްޗެވެ. ޕާޓީ ޑްރަގްސްގެ ގޮތުގައި ބެލެވޭ، އެމްޑީއެމްއެމްއޭ (އެކްސްޓަސީ) 10 ގްރާމް (ކްރިސްޓަލް) އެތެރެކޮށްފައިވަނީ ސްވިޒަލޭންޑުންނެވެ. އަތުލައިގަނެވުނު ތަކެތީގައި ޖުމްލަ 76 ގްރާމް ހުއްޓެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި: ޖުމްލަ 76 ކިލޯ އަތުލައިގަތް --

ކަސްޓަމްސް އިން ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ، ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ދޭތެރެ ދޭތެރެއިން ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަންނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެއެވެ. އޭގެ ތެރެއިން ގިނައިން އަތުލައިގަނެވެނީ، ޕާޓީ ޑްރަގްސްއެވެ.