ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖްގެ ސްޓޫޑަންޓް ކައުންސިލްގެ މެމްބަރުން ހުވާކޮށްފިއެވެ.

އެކަަމަށްޓަކައި މިއަދު އެވިޑް ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔަތުގައި ކައުންސިލް މެމްބަރުންނަށް ހުވާ ލައިދެއްވީ އެވިޑް ކޮލެޖްގެ ޝަރީއާ އެންޑް ލޯ ފެެކަލްޓީގެ ޑެޕިއުޓީ ޑީން ނަސްރުﷲ މުސްތަފާއެވެ. އަދި ކައުސިލްގެ މެމްބަރުންނަށް ސެޓްފިކެޓްތައް ހަވާލުކޮއްދެއްވީ އެވިޑްގެ ޗެއާމަން އަބްދުﷲ މުޝްތާގެވެ.

އެވިޑްގެ ސްޓޫޑަންޓް ކައުންސިލް މެމްބަރުން ހޮވުމަށް އިންތިހާބު ބާއްވައިފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. އެކި މަގާމުތަކަށް 38 ދަރިވަރުން ކުރިމަތިލިއިރު އޭގެ ތެރެއިން ސްޓޫޑަންޓް ކައުންސިލްއަށް ހޮވުނީ 13 ދަރިވަރުންނެވެ.

ސްޓޫޑަންޓް ކައުންސިލްގެ ރައީސްއަށް ހޮވިފައިވަނީ އެ ކޮލެޖުގައި ސެޓްފިކެޓް 4 އިން ބިޒްނަސް ސްޓަޑީޒްއަށް ކިޔަވަމުންދާ ދަރިވަރު އަނަސް އަބްދުﷲ އެވެެ.

އަދި ނާއިބު ރައީސްގެ މަގާމަށް ހޮވިފައިވަނީ އައިމިނަތު ރިފްގާ މުހައްމަދު ރަޝީދާއި ނަހުލާން މުހައްމަދެވެ.

އެވިޑް ސްޓޫޑަންޓް ކައުންސިލްއަކީ ކޮންމެ އަހަރުކުވެސް އިންތިހާބު ކުރަމުންދާ ކައުންސިލެކެވެ.