25 Jul 2019, 13:31
ދ.ވާނީގައި ޕޮލިސް ތަމްރީނު ހަދަމުން ދިޔަ ފުލުހަކު ގެނބިގެން މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ޅ. ނައިފަރު، ޕޮލިސް ކޮންސްޓަބަލް އަބްދުލް ބާސިތު، 20އ. އެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ އޭނާ މަރުވެފައި ވަނީ މިހާރު ވާނީ ގައި ކުރިއަށްދާ 31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގެ ކޯހުގެ ސްވިމިންގ ސެޝަނެއްގައި ހިނގި ހާދިސާއެއްގައި ކަމަށެވެ.
އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ ހާއްސަ ޓީމަކުން މިހާރު ބަލަން ފަށައިފައިވާ ކަމަށެވެ.