25 Jul 2019, 08:05
ކަސްޓަމުން ހުޅުވާލި 22 މަގާމަށް 1200 މީހުން ކުރިމަތިލައިފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހޮވާނީ އެންމެ ގާބިލް މީހުން ކަަމަށެވެ.
"ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުންނާއި ޔޫއެންޑީޕީ މޯލްޑިވިސްއިން ކުރި ސާވޭއެއްގައި ބުނޭ ރާއްޖޭގެ 67 ޕަސެންޓް ޒުވާނުން ދެކެޔޭ ވަޒީފާ ލިބޭނީ ކޮންމެވެސް ބަޔަކާ ގުޅިގެން ކަމަށް. ނަމަަވެސް އަޅުގަނޑު ޔަގީންކަން އެބަ ދެން ވަޒީފާއަށް ނަގާނީ އެންމެ ގާބިލް މީހުންކަން. އެހެން ކަހަލަ ނުފޫޒެއް އެކަމުގައި އަޔަކަ ނުދޭނަން،" ނުއުމާން ވިދާޅުވި އެވެ.
ކަސްޓަމްސްއިން އިއުލާން ކުރީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރެއްގެ މަގާމެެވެ. މިއީ އެންމަ އާދައިގެ ކަސްޓަމްސް އޮފިސަރުންގެ މަގާމެވެ.
ކަސްޓަމްސްއިން ބުނީ އެ މުވައްސަސާގެ ވަޒީފާއަށް އެހާ ގިނަ ބަޔަކު ކުރިމަތިލީ މިއީ، ފުރަތަމަ ފަހަރު ކަމަށެވެ.