31 Oct 2011, 16:36
އެއާޕޯޓްސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (އެއިމް) އަށް ކުއްޔަށް ދޫކޮށްފައި ހުރި ރަށްތައް އަނބުރާ ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދުގެ އަދަދުގައި ޝާއިރުކޮށްފައިވާ ގޮތުން އެއިމް އަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާ މެދު ގޮތެއް ނިންމުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުގެ މެމްބަރުން މަޝްވަރާ ކުރުމަށް ފަހު އެއިމް އަށް ކުއްޔަށް ދޫކޮށްފައި ހުރި ރަށްތައް ސަރުކާރަށް އަނބުރާ ނެގުމަށް ނިންމެވީ އެވެ.
އަދި އެ ކުންފުނިން އެޑްވާންސަށް ފައިސާ ނަގާފައިވާ ފަރާތްތަކާ އެކު ޓޫރިސްޓް ރިޒޯޓު ތަރަށްގީކުރުމަށް ޓަކައި ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާވާ ޖޮއިންޓް ވެންޗާ ކުންފުނިތަކެއް އުފައްދަވަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ގެޒެޓްގައިވެ އެވެ.