24 Jul 2019, 21:49
ބިދޭސީއެއްގެ އަތް ދަބަސް ފޭރިގަތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 19:24 ގައި ސޮނީ ހާޑްވެއާ ވީބީ މާޓްއާ ދެމެދު އޮންނަ ނޫރާނީ ގޯޅީގައި ހުރި ބިދޭސީއެއްގެ އަތް ދަބަސް ފޭރިގެންފައިވާ ކަމަށެވެ.
މީސް މީޑިއާގައި އެ ހާދިސާގެ ވީޑިއޯ ވަނީ އާންމުވެފައެވެ. އެ ވީޑިއޯގަިއ ބިދޭސީ އަންހެނަކު ގޯޅިގަނޑެއްގެ ތެރޭގައި ހުންނަ ގެއެއްގެ ދޮރުމަތީގައި ހުއްޓާ އެ ގޯޅިތެރެއިން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހުން މީހަކު ބިދޭސީ މީހާގެ އަތް ދަބަސް ފޭރޭތަން ވަރަށް ރީއްޗަށް ފެެނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.
އެ މައްސަލައިގައި އަދި މީހަކު މިހާތަނަށް ހައްޔަރުނުކުރާކަމަށްވެސް ފުލުހުން ބުންޏެވެ.
މިރޭ ފޭރުމުގެ ހާދިސާ ހިނގާފައިވަނީ މާފަންނުންނެެެވެ. ފުލުހުން މިދިޔަ އޭޕްރީލް މަހު ބުނީ މާލޭގައި އެންމެ ގިނައިން ފޭރުމުގެ ހާދިސާތައް ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީވެސް މާފަންނުން ކަމަށެވެ. އެ އަވަށުން އެކަނިވެސް 18 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
ފޭރުމުގެ ހާދިސާއެއް ރޭވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. ވެސްޓާން ޔޫނިއަން ކައިރިން ރޭ ހިނގި ފޭރުމުގައި ފައިސާ ހުރި ފޮށި ބެހެއްޓުމަށްފަހު ފޭރިގެންފައި ވަނީ ގެންގޮސްފައިވަނީ ހުސް ފޮއްޓެއް ކަމަށް ފުލުހުން ވަނީ ބުނެފައެެެވެ.