31 Oct 2011, 14:53
ހެންވޭރު، ކުރީގެ އާލިޔާ ސްކޫލް ކައިރީ ހުރި ތިން ސައިކަލެއްގައި ބަޔަކު ރޯ ކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭ ތިން ސައިކަލެއްގައި ބަޔަކު ރޯކޮށްލާފައިވާ އިރު ދެ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
މަގުތަކުގައި ޕާކްކޮށްފައި ހުންނަ ސައިކަލުތަކަށް ދޭތެރެ ދޭތެރެއިން ގެއްލުން ދިނުން ވަނީ އާންމު ކަމަކަށްވެފަ އެވެ.
އާންމުގެ މުދަލަށް ގެއްލުން ދެމުން އަންނަ އިރު، ދެ ވަނަ ފުރުސަތުގެ ދަށުން ކަމަށް ބުނެ ސަރުކާރުން ދެ ތިން ބުރެއްގެ މަތީން އެތަށް ކުށްވެރިންނެއް ޖަލުން މިނިވަންކޮށް މުޖުތަމައުއަށް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް ރޭގެ ސައިކަލްތަކުގައި ރޯ ކުރުމުގައި އެ މީހުންނާ ގުޅުމެއްވާ ކަމަކަށް ފުލުހުން ނުބުނެ އެވެ.