23 Jul 2019, 16:44
އިންޑިއާގެ އުއްތަރުކަށީ ސަރަހައްދުގައި ހިމެނޭ 132 އަވަށެއްގައި ފާއިތުވި ތިން މަހު އެއްވެސް އަންހެން ކުއްޖަކު އުފަންވެފައިނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެކަންތައް ސަމާލުކަމަށް އައީ އިންޑިއާގެ އުތުރުގައި އެބޯޝަނާ ބެހޭގޮތުން ކުރި ސާވޭއެއްގެ ތެރެއިންނެެވެ.
އުއްތަރުކަށީގެ ލޯކަލް އިދާރާތަކުން ބުނީ އެ ސަރަަހައްދުގައިު ފާއިތުވި ތިން މަހު 216 ކުދިން އުފަންވިއިރު ހުރިހާ ކުދިންނަކީވެސް ފިރިހެން ކުދިން ކަމަށެވެ. އަދި އެ ސަރަހައްދުގައި އަންހެން ކުދިންނަށް ބަލިވެއިނުމުން ދަރި ވައްޓާލައިފައިވާ ކަަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
އަންހެންކުދިންނަށް ބަލިވެ އިނުމުން ދަރިވައްޓާލުމަކީ އިންޑިއާގައި އާންމު ކަމެކެވެ. ހާއްސަކޮށް ފަގީރު ރަށްފުށު ހިސާބުގައި އަންހެން ކުދިންނަކީ ބޮޑު ބުރައެއް ކަަމަށް އާއިލާތަކުން ދެކެއެވެ. އެ މައްސަލަ ބޮޑުވެ ވަކި ޖިންސަކަށް ވީތީ އެބޯޓް ކުރުން 1994 ވަނަ އަހަރު އިންޑިއާގައި މަނާވެސް ކުރިއެވެ. ނަމަވެސް އެކަން އަދިވެސް ހިނގައެވެ.
އުއްތަރުކަށީގެ ލޯކަލް އިދާރާއިން ބުނީ އަންހެން ކުއްޖަކު ނުވިހާ މައްސަލަ ވަރަށް ގާތުން ބަލައި އެކަމާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ސަރަހައްދު މިހާރު ވަނީ "ރެޑް ޒޯނެއް'ގެ ގޮތުގައި ފާހަގަކޮށްފައެވެ. އެހެންކަމުން އެ ސަރަހައްދުގެ އާބާދީއަށް އަންނަ ބަދަލުތައް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ބަލާނެއެވެ.