31 Oct 2011, 13:25
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށްދާ ހަތަރު ވަނަ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗްތައް މަޖިލީސް ޓީމާއި ޖީއެމްއާރުން ކާމިޔާބުކޮށް، ފައިނަލަށް ދަތުރުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައި ރޭ ކުޅުނު ފުރަތަމަ މެޗް މަޖިލީސް ޓީމުން ކާމިޔާބު ކުރީ ދިރާގާ ވާދަކޮށް 12 ޕޮއިންޓް 20 ޕޮއިންޓުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މަޖިލީސް ޓީމުގެ ޒުލޭހާ ހަބީބެވެ.
މުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗް ޖީއެމްއާރުން ކާމިޔާބުކުރީ ބީއެމްއެލްއާ ވާދަކޮށް 16 ޕޮއިންޓް 25 ޕޮއިންޓުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޖީއެމްއާރުގެ ގޯލްއެޓޭކާ ފަޒީލާ އައްބާސް އެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:15 ގައެވެ.