23 Jul 2019, 14:21
އިންޑިއާގެ ތަރި ވެދިކާ31، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ވެދިކާ ރާއްޖެ އައިސްފައިވަނީ މިދޔަ ހަފްތާގައެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ގދ އަތޮޅު ރިސޯޓް އަޔާދަ މޯލްޑިވްސްގައެވެ.
ރާއްޖޭގެ ހިތްގައިމު މާހައުލު ފެންނަ ގޮތަށް ފޮޓޯ ނަގައި އޭނާ އަންނަނީ އެ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނަށް ދައްކާލަމުންނެވެ.
ވެދިކާ އިންސްޓަގްރާމްގައި ފޮޓޯ ލުމަށްފަހު ބުނެފައިވަނީ "މިއީ އަހަރެން ނިސްބަތްވާ ތަން" ކަމަށެވެ.
ވެދިކާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ---
ވެދިކާ ބޮޑަށް މަޝްހޫރު ވެފައިވަނީ މަލަޔާލަމް ފިލްމުތަކުންނެވެ. އޭނާ ވަނީ ދާދި ފަހުން ބޮލީވުޑް ފިލްމެއްގެ މަސައްކަތްވެސް ކުރަން ފަށާފައެވެ. އެ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.
އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި 'މަދްރާސީ'، 'ޕަރްދޭސީ' އަދި 'ކަޒިންސް' ހިމެނެއެވެ.