އަންނަ ނޮވެމްބަރު މަހާ ދިމާކޮށް ގިނަ ބަންދު ދުވަސްތަކެއް އަންނާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭ ވަގުތު އިތުރުކުރަން އެ ބޭންކުން ނިންމައިފި އެވެ.

ބޭންކުން މިއަދު ބުނީ އެ ބޭންކުން ދޭ ހުރިހާ ހިދުމަތެއް މާދަމާ އިން ފެށިގެން ނޮވެމްބަރު ދޭކަށް ދޭނީ ހެނދުނު 9:00 އިން 4:00 ކަށެވެ. އަދި ނޮވެމްބަރު ދެ ވަނަ ދުވަހު ރޭގަނޑު 7:30 އިން 9:30 އަށް ޗެކާއި ފައިސާ ނެގުން އަދި ޑިޕޮސިޓްކުރުމުގެ ހިދުމަތްދޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ނޮވެމްބަރު ތިނެއްގައި ބޭންކް ބަންދުވާ އިރު މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމާފައި ވަނީ ނޮވެމްބަރު ނުވަ ވަނަ ދުވަހު ބޭންކްތައް އަލުން ހުޅުވާ ގޮތަށެވެ.