އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީން އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ތަހުގީގު ކޮމިޓީން ހުށަހެޅި ރިޕޯޓެއް ބަލައިގަތުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އެ މައްސަލާގައި ތަހުގީގު ރިޕޯޓުގައި ހުށަހަޅާފައި ވަނީ އެ ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވުމަށް ކަމަށެވެ.

އެގޮތަށް ނިންމުމާ ގުޅިގެން ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތު މާދަމާ އިން ފެށިގެން ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ސުޕްރީމް ކޯޓުގެ އެ ތިން ފަނޑިޔާރުންނަށް ނަސޭހަތްދެނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ ކޮމިޝަނުން ހާމައެއްކުރެއެވެ.