21 Jul 2019, 17:44
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލު ނެރުނު ގާރުގައި ވަނީ ފައިމަގުގައި އުޅޭ ގޮތަށް ނިންމަީ މިނިވަންދުވަހާ ގުޅިގެން މާލޭގެ މަގުތަކުގައި ޕެރޭޑާ ރޫޓް މާޗް ކުރިއަށްދާއިރު ކުޑަކުދިންނާ ދޮށީ އުމުރުގެ މީހުންނަށް ގެއްލުން ލިބިދާނެކަމަށް ފެންނާތީ ކަމަށެވެ.
އެހެންކަމުން އެ ދުވަހު 03:30 އިން ހަވީރު 06:30 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށް އެދުވަހަކީ ފައިމަގުގައި އުޅޭ ދުވަހަކަށް ހަދަން ނިންމާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.
ސިޓީ ކައުންސިލްއިން ވަނީ ނިމިގެން ދިޔަ ކުޑަ އީދުދުވަހުވެސް އެއް ދުވަހު ފައިމަގުގައި އުޅޭ ދުވަހަކަށް ހަދައި ވެހިކަލް ދުއްވުން މަނާކޮށްފައެވެ.
އޭގެ އިތުރުން ހުކުރު ދުވަހުވެސް ސިޓީ ކައުންސިލްއިން ވަނީ ބައެއް މަގުތައް ބަންދުކޮށް ފައިމަގުގައި އުޅޭ ދުވަަހަކަށް ހަދައިފައެވެ.