21 Jul 2019, 15:59
މިއަހަރު ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕު މިއަދު ފުރައިފި އެވެ.
މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖަށް ދާނެއެވެ. މިއަދު ފުރީ ޒައީ ގުރޫޕުގެ ހަވާލުގައި ހައްޖުގެ އަޅުކަމަށްދާ 84 ހާޖީންނެވެ.
އެމީހުން ފުރުވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.
ޒައީ ގުރޫޕުގެ އިތުރުން ހައްޖު ކޯޕަރޭޝަނާއި ތަޒްކިޔާ ގްރޫޕު އަދި ހަރަމައިން އާއި މިނާ އަދި އެކްރޯގެ ހަވާލުގައި މިއަހަރު މީހުން ހައްޖަށް ދާނެއެވެ.
ހައްޖުވެރިން އެއާޕޯޓަށް ދިޔުމަށާއި އެމީހުން ފުރުވަންދާ އާއިލާ އާއި ރައްޓެހިންނަށް ސަރުކާރުން ވަނީ އެއާޕޯޓަށް ދިޔުމުގެ އިންތިޒާމު ހަމަޖައްސައިދެއްވައިފައެވެ. އެގޮތުން އެމްޓީސީސީ އާއި އެމްޕީއެލް ބަހުގައި ހައްޖުވެރިންނާއި އެމީހުން ފުރުވަންދާ މީހުން ހިލޭ ހުޅުލެއަށް ގެންގޮސްދެއެވެ.
މިމަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް ހައްޖުވެރިން ސައުދީ އަށް ފުރާނެއެވެ. ހައްޖު ދުވަސް ދިމާވަނީ އޮގަސްޓު10 ވާ ހޮނިހިރު ދުވަހާއެވެ.