ރާއްޖޭގެ ފުރަތަމަ ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބް ޓްރީޓޮޕްގައި މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ.

ޓްރީ ޓޮޕްއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޑރ. ހަބީބް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަން ފެއްޓެވިކަން ޔަގީންކޮށްދީފައެވެ.

ޓްރީޓޮޕްއިން ބުނީ ޑރ. ހަބީބްއަށް ދައްކަން ބޭނުންވާ މީހުންނަށް މިހާރު ނަންނޯޓު ކުރުވޭނެ ކަމަށެވެ.

ޑރ. ހަބީބް މީގެ ކުރިން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ ކަށީގެ ޑިޕާޓްމަންޓުގެ އެންމެ އިސް މަގާމު ފުރުއްވަވާފަ އެވެ.

އޭގެ އިތުރުން އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވައިފައެވެ.

ޑރ. ހަބީބް ވަނީ އޯތޮޕެޑިކް އަދި ޓްރޯމާ ސާޖަރީއިންނާއި ސްޕޯޓްސް މެޑިސިން ސާޖަރީގެ އިތުރުން އާރުތޮސްކޮޕީއިންވެސް ސްޕެޝަލައިޒްޑް ވެވަޑައިގެންފައެވެ.

އޭޏާ ބެޗެލާ އޮފް މެޑިސިން އަދި ބެޗެލާ އޮފް ސާޖަރީއިން ސްޕެޝަލައިޒްވެ ވަޑައިގެންނެވީ އިންޑިއާގެ ޔުނިވާސިޓީ އޮފް ހެލްތު ސައިންސަސްއިންނެވެ. އަދި މާސްޓާސް އިން އޯތޮޕެޑިކް އަދި ޓްރޯމާ ސާޖަރީއިންނާއި ހާސިލްކުރެއްވީ ނޭޕާލްގެ ތިބުވާން ޔުނިވާސިޓީ އިންސްޓްޓިއުޓް އޮގް މެޑިސިންއިންއެވެ.