ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިން މީހަކު ހޯދަން އާންމުންގެ އެހީ އަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ ސާވިސް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ރ.ވާދޫ އައްސޭރި އުމުރުން 21 އަހަރުގެ ތޯސީން ސައީދު ކަމަށެވެ.

އޭނާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަމްބަރު 9911099 އާ ގުޅާ ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ތޯސީން ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.