ރާއްޖެއިން އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޔޫކޭގެ ވަގުތީ ވިސާ ސެންޓަރު އަންނަ މަހުގެ ފަސް ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ހުޅުވަން ނިންމައިފިއެވެ.

އެ ސެންޓަރު ހިންގާނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ފަރާތުންނެވެ.

އެ ވިސާ ސެންޓަރު އަންނަ މަހު ހުޅުވަން ނިންމީ ސެޕްޓެމްބަރު މަހަކީ އާންމުކޮށް އިނގިރޭސިވިލާތުގައި ކިޔަވަން ފަށާ މަހަކަށް ވާތީއެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާ ހެއްދުމަށް އެދި ބުކިންއަށް ވީއެފްއެސްގްލޯބަލްވެބްސައިޓުން ބުކްވެސް ކުރެވޭނެ ކަމަށެވެ.

ކޮމަންވެލްތު ގައުމުތަކުގެ ރައްޔިތުން ޓޫރިސްޓުންގެ ގޮތުގައި އިނގިރޭސިވިލާތަށް ދިއުމަށް ވިސާއެއް ބޭނުމެއް ނުވެއެވެ. އަދި ރާއްޖެއިން ކޮމަންވެލްތުން ވަކިވިނަމަވެސް ވިސާގެ އުސޫލު އޮތީ އަދިވެސް ކުރިން އޮތް ގޮތަށެވެ.