ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

އަމީން މަޖިލީހަށް ހާޒިރުކުރުމަށް ސުވާލުކުރަމަށް އެދިފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

މިނިސްޓަރު ހާޒިރުކޮށްދިނުމަށް އެދި އާދަމް ޝަރީފް ފޮނުވި ފޮނުވި ސިޓީ އޭނާ ވަނީ ޓުވީޓާގައި އާންމުވެސްކޮށްފައެވެ. އެ ސިޓީގައި ވަނީ މަޑުއްވަރީގައި ސިއްހީ މަރުކަޒުގެ އާ އިމާރާތެއް ހެދުމަށާއި އަދި ދ. މީދޫ ސިއްހީ މަރުކަޒު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބީއޯކިއު ހަދާނެ ފަރާތެއް ހަދަން މިދިޔަ މާޗް 21 ގައި އިއުލާންވެސް ކުރި ކަމަށެވެ.

އެހެންކަމުން އެ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި އަދި މީދު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހެދުމަށް ފައިސާ ހަމަޖެހިފައި ވޭތޯއާއި އެތަން އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެތޯ ސުވާލުކުރަން ބޭނުން ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މަޑުއްވަރީ ހޮސްޕިޓަލްގެއާ އިމާރާތް ނިމި ހިދުމަތް ދެވެން ފެށޭނީ ކޮން އަހަރަކުންތޯވެސް އާދަމް ވަނީ ސުވާލު ކުރަން ހުށަހަޅާފައެވެ.

މީދޫ އަދި މަޑުއްވަރީގެ މަޝްރޫއުތައް އިއުލާންކުރި ދުވަސްވަރަކީ މަޖިލިސް އިންތިހާބުގެ ދުވަސްވަރުވެސް މެއެވެ. ނަމަވެސް އޭގެ ފަހުން އެ މަޝްރޫއުގެ ޚަބަރެއް ނުވާތީ އެ ދާއިރާގެ ރައްޔިތުން ދަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.