17 Jul 2019, 17:37
ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ އިތުރު ހަ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އެ މައްސަލަ ބެލުމަށް ނިންމާފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުގައެވެ.
މީގެކުރިން ޖޭއެސްސީން ވަނީ ހަސަން ދީދީގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އެހެންކަމުން މިހާރު ހަސަން ދީދީއާ ގުޅޭގޮތުން ބަލާ މައްސަލަތަކުގެ އަދަދަކީ ހަތެކެވެ.
މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް
- ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން
- ކޮމިޝަންގެ މެމްބަރު އިބްރާހީމް ރިފްއަތު
މީގެއިތުރުން ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝަކޫރުގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.