ގައުމީ ޔުނިވަސީޓީގައި އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޔުނިވަސިޓީން ހުޅުވާލައިފި އެވެ.

ގައުމީ ޔުނިވަސިޓީން މިއަދު ބުނި ގޮތުގައި އަންނަ އަހަރު ފަށާ 136 ކޯހަކަށް، 4,600 މީހުންގެ ޖާގަ ވަނީ ހުޅުވާލައިފަ އެވެ.

އަންނަ އަހަރުގެ ކޯސްތަކުގެ ތެރޭގައި ބަހާއި އިންސާނީ ޢިލްމުތަކާ ގުޅޭ ދާއިރާ އާއި މުދައްރިސްކަމުގެ ދާއިރާ އާއި އެންޖިނިއަރިންގެ ދާއިރާ އާއި ޞިއްޚީ ދާއިރާ އާއި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ އާއި ދީނީ ކޯސްތަކާއި ކޮމްޕިއުޓަރާއި ވިޔަފާރީގެ ދާއިރާ އާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާ އާއި ބޯޓް ދަތުރުކުރުމާ ގުޅުން ހުރި ކޯސްތަކުގެ އިތުރުން ދުރުންދޭ ތަޢުލީމުގެ ނިޒާމުން ހިންގޭ ކޯސްތައް އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތައް ހިމެނޭ ކަމަށް ޔުނިވަސިޓީން ބުންޏެވެ.

އަދި މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ފުލް ޓައިމްކޮށް އަދި ޕާޓްޓައިމްކޮށް ކިޔެވެން އޮންނާނެ ކަމަށް ޔުނިވަސިޓީން ބުންޏެވެ.