ދުނިޔޭގެ މަޝްހޫރު ޑެލްއީއެމްސީގެ އާ ޓެކްނޮލިޖީއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޑެލްގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ މެކްސްކޮމް ޓެކްނޮލޮޖީ ކުންފުނިން ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 އަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުން ބާއްވައިފައިވަނީ ހޮޓެލް ޖެންގައެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން މައުލޫމާތު ދެމުން މެކްސްކޮމްގެ މެނޭޖާ އޮފް ޓެކްނިކަލް ސޮލިއުޝަންސްގެ އަހުމަދު އިސްމާއިލް ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް އެ ކުންފުނިން ބާއްވަމުންދާ ބައްދަލުވުމުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ޑެލްގެ އާ ޓެކްނޮލިޖީއާ ބެހޭ މައުލޫމާތު ދިނުމަށް މެކްސްކޮމްއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން

" އަޅުގަނޑުމެން ކޮންމް އަހަރަކުވެސް ކުރާ ކަމަކީ ޑެލްއެމްސީގެ އާ މައުލޫމާތު ފޯރުކޮށްދީފައި އެ ބޭފުޅުން ފިއުޗާގަ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުމަށް ބޭނުންވާނެ މައުލޫމާތު އަޅުގަނޑުމެން ފޯރުކޮށްދެނީ. ދެން ޑެލްއެމްސީގެ އިންޖިއަރިންނާ ސޭލްސް މީހުންނާ ކަސްޓަމަރުންނާ ގުޅުވައިދީގެން ދެބައިމީހުން ވާހަކަ ދެކެވިގެން ސޮލިއުޝަނެއް ޕްރޮވައިޑް މިކޮށްދެނީ." އިސްމާއިލް ވިދާޅުވިއެވެ.

ޑެލްގެ އާ ޓެކްނޮލިޖީއާ ބެހޭ މައުލޫމާތު ދިނުމަށް މެކްސްކޮމްއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން

އެ ބައްދަލުުވުމުގައި މެކްސްކޮމްގެ ކަސްޓަމަރުން ބައިވެރިވާ ކަަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިއަހަރަކީ މެކްސްކޮމްއަށް 15 އަހަރުވެސް ފުރޭ އަހަރެވެ. އެހެންކަމުން މިއަހަރު ކުރިއަށް އޮތް ތަނުގައި އިތުރު އިވެންޓްތައްވެސް ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.