ކުޅުދުއްފުށި ފަޅަށް ވަންނަނިކޮށް ނެރު ފައިކަށީގައި ޖެހި ފަޅައިގެން ދިޔަ ލޯންޗެއް އަޑިއަށްދާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ފަޅަށް ވަންނަނިކޮށް ނެރު ފައިކަށީގައި ޖެހި ފަޅައިގެންދިޔަ ލޯންޗެއް ދިޔަވެ އަޑިއަށްދާތީ ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން ލޯންޗު ނެގުމުގެ މަސައްކަތް ފަށާފައިވަ ކަމަށެވެ. ލޯންޗު ނެގުމުގެ މަސައްކަތުގައި ރަށުގެ އާންމުންވެސް ބައިވެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ލޯންޗުގައި ތިބީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 8:05 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.