16 Jul 2019, 19:49
ލޯކަލް އަށް ޗެނަލެއް ސާފުކޮށް މުޅި ރާއްޖެއަށް ފެންނާނެ މަޝްރޫއެއް ޕަބްލިކް ސާވިސް މީޑިއާ އިން ފަށައިފިއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 2021 ވަނަ އަހަރުގެ ކުރީކޮޅު ޑިޖިޓަލް ޓެރެސްޓީރިއަލްގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 90 ޕަސެންޓަށްވުރެ ބޮޑު ބަޔަކަށް ދިނުމަށް ހިންގާ މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދަމުންދާ ކަމަށެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ހިދުމަތް ދޭން ފެށުމުން ކަނޑު އުޅަނދުތަކުގައި ދަތުރުކުރާ މީހުންނަށް، ކަމާބެހޭ އިދާރާތަކުން މޫސުމާ ބެހޭ އެލާޓުތައް ފޮނުވުމާއި ކާރިސާތަކުގެ އެލާޓު ހިއްސާ ކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތް މިހާރު ރާއްޖޭގެ 19 ސަރަހައްދެއްގައި ކުރިއަށް އެބަދާކަމަށާއި ޖަޕާނުގެ ކޮންސަލްޓެންސީ ފާމެއްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ އެ މަސައްކަތް ނިމުމުްނ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށްވެސް އިތުރު ފަސޭހައެއް ލިބޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔުމަށް ރަށްރަށުގެ ކައުންސިލްތަކުގެ އެއްބާރުލުން އެ ކުންފުނިން ބޭނުންވާ ކަމަށް ޕީއެސްއެމްގެ ބަޔާނުގައި ބުންޏެވެ.