30 Oct 2011, 14:36
ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު އަންހެން ޑިވިޒަންގެ މެޗް ކާމިޔާބުކޮށް ޑީ ބާސްކެޓް ބޯލް ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.
ޖުމްލަ ތިން ޓީމް ވާދަކުރި މިމުބާރާތުގެ ފައިނަލަށް ޑީބީސީ ދަތުރު ކުރީ ވިޔެންސާއާ ބައްދަލުކޮށް 39 ޕޮއިންޓް 47 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޑީބީސީއަށް 24 ޕޮއިންޓް ކާމިޔާބު ކޮށްދިން ހުސްނާ މުހައްމަދެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ހަވީރު 4:15 ގަ އެވެ.
ފައިނަލްގައި ޑީބީސީއާ ދެކޮޅަށް ނުކުންނާނީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ވިޔަންސާއެވެ. ވިޔަންސާ ފައިނަލަށް ދަތުރު ކުރީ މުބާރާތުގެ ފުރަތަމަ މެޗުގައި ޔޫއެން ފްރެންޑްސް އަތުން މޮޅުވެގެން ނެވެ.