ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކްކުރާނެ އިތުރު ޖާގަތަކެއް ހުޅުވާލައިފިއެވެ.

އެއާޕޯޓް އިރުމަތި ފަރާތުގައި ޖުމްލަ 11 ވެހިކަލް ޕާކްކުރާނެ ޖާގަ އިތުރުކުރި އިރު އެ ހިސާބުގައި 862 ސައިކަލް ޕާކްކުރެވޭނެއެވެ. އެއީ 4250 ސްކުއާ މީޓަރެވެ.

އިއްޔެ އެއާޕޯޓްގައި އިތުރު ޖާގަތަކެއް ހުޅުވައިދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.

މިދިޔަ އަހަރު އެއާޕޯޓްގެ ހުޅަނގު ފަރާތުގައި ވަނީ ޕާކު ކުރާނެ ޒޯނެއް ހުޅުވާފައެވެ. އެ ޒޯނުގައި 36 ވެހިކަލް ޕާކްކުރެވޭއިރު 830 ސައިކަލް ޕާކުކުރެވޭނެއެވެ.