ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީ އިން އަލުން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނީ 1440 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަނާޅާ މީހުންނާއި އެކި ސަބަބުތަކާހުގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ނުވާގިނަ އަދަދެއްގެ މީހުންގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެހެންކަމުން ދަފްތަރުގައި ރެޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

ދަފްތަރުގައި ރެޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު ފޯމު ދޫކުރުމާއި ބަލައިގަތުން ޖުލައި 15 އިން އޮގަސްޓު އެކެއްގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

މިހާރު އޮތް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި 15 އިން 17 ޖުލައިގެ ނިޔަލަށް އޮންނާނެ އެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރަކީ ޒަކާތް ބެހާާއިރު، ޒަކާތް ހައްގުވާ ފަރާތްތައް ދެނެގަތުމަށް ފަސޭހައަކަށް އެކުލަވާލާ ދަފްތަރެެކެވެ.