12 Jul 2019, 18:06
ކަސްޓަމްސްއިން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ ސިިނގިރޭޓު، ބަނގުރާ ފުޅި އަދި އޫރުމަސް ނައްތާލައިފިއެވެ.
ކަސްޓަމްސްއިން އެ ތަކެތިެ ނައްތާާލާފައި ވަނީ ތިލަފުށީގައި ހުންނަ ކުނި ނައްތާލާ ސަރަހައްދުގައި ދެ ދުވަހެއްގެ މަތިންނެވެ.
އިއްޔެ ނައްތާލި ތަކެތި:
8000 ސިގިރޭޓު
- 465 ލީޓަރުގެ ބަނގުރާ
- 30 ކިލޯގެ އޫރުމަސް
އިއްޔެގެ އިތުރުން މި މަހުގެ ހަ ވަނަ ދުވަހުވެސް ގިނަ އަދަދެއްގެ ތަކެތި ކަސްޓަމްސް އިން ނައްތާލާފައިވެއެވެ.
ހަ ވަނަ ދުވަހު ނައްތާލި ތަކެތި:
20،871 ބަނގުރާ ފުޅި
- 4279 ބިޔަރު ދަޅު
- 27 ޕެކެޓުގެ ބަނގުރާ
- 764.53 ކިލޯގެ ދުންފަތް
- 2865 ސިގިރޭޓު ޕެކު
- 3241 ސިގިރޭޓު ކާޓަން
އެ ދެ ދުވަހު ނައްތާލި ތަކެއްޗަަކީ ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލު ކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެއްޗެވެ.