14 Jun 2010, 09:50
14:30
ވާލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަކުގެ ތެރެއިން ، އަލްޖީރިޔާއާ ސްލޮވޭނިޔާ ބައްދަލުކުރި މެޗް އެކެއް ސުމަކުން ކާމިޔާބުކޮށްފައި ވަނީ ސްލޮވޭނިޔާ އެވެ.
މިމެޗް ޓީމަށް ކާމިޔާބުކޮށް ދީފައި ވަނީ ދެވަނަ ހާފްގައި ކެޕްޓަން ކެރޯން އެވެ. މިމެޗްގައި އަލްޖީރިޔާގެ ގެޒާލް އަށް ވަނީ ރަތްކާޑް ދައްކާފަ އެވެ. މިމުބާރާތުގައި ރޭ ކުޅުނު މެޗްތަކުގެ ތެރެއިން ޖާރމަނީ އާއި އޮސްޓްރޭލިޔާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައާ ގާތަށް ޖާރމަނީ ކުރިއަށްޖެހިލައިފި އެވެ. ރޭ ކުޅެވުނު މިމެޗް ޖާރމަނީ ކާމިޔާބުކުރީ، އޮސްޓްރޭލިޔާއާ ބައްދަލުކޮށް ވަރަށް ފަސޭހަކަމާއެކު ހަތަރެއް ސުމެއްގެ ނަތީޖާއަކުންނެވެ. މުޅި މެޗްގައި މޮޅަށްކުޅެ ގިނަޙަމަލާތައް އުފައްދާފައިވާ ޖާރމަން ޓީމުގެ ލަނޑުތައް ޖަހާފައި ވަނީ، ޕޮޑަލް ސްކީއާ، ކްލޯ ސާޔާ އަދި މުލާގެ އިތުރުން ކަކާ އެވެ. މި މުބާރާތުގައި ރޭ ކުޅެވުނު ދެވަނަ މެޗްގައި ގާނާ އާއި ސާރބިޔާ ބައްދަލުކޮށް އެކެއް ސުމަކުން މެޗް ކާމިޔާބު ކުރީ ގާނާ އެވެ. މިލަނޑު ޖަހާފައިވަނީ އަސަމޯ ޖިއާން އެވެ. ނަމަވެސް ގާނާގެ ކީޕަރު ވަނީ މީގެތެރެއިން ގިނަ ހަމަލާތައް މަތަކޮށްފައި. މިމެޗްގައި ސާރބިއާއަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. މިމެޗްގައި ސާރބިއާގެ ލުކޮވިޗަށް ވަނީ ރަތްކާޑު ދައްކާފަ އެވެ.
ފީފާ ވޯލްޑަކަފް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާލޭގަޑިން 4.30 ގައި ފެށޭ މެޗްގައި ބައްދަލުކުރާނީ ޑެންމާރކާ ނެދަލެންޑްސް އެވެ. މިރޭ މާލޭ ގަޑިން 7.00 ޖަހާއިރު ފެށޭ މެޗް ގައި ބައްދަލުކުރާނީ ޖަޕާނާ ކެމަރޫން އެވެ. މިއީ ގްރޫޕް އީ ގެ ދެމެޗެވެ. މިރޭގެ ދެވަނަ މެޗްގައި 11.30 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ވޯލްޑަކަޕް ޗެމްޕިއަން އިޓަލީ އާއި ޕެރަގުއޭ އެވެ.