11 Jul 2019, 16:24
ސ. ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރަތް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ފައިމީ ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކާއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ. ފައިމީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަތުހުﷲ އާދަމެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ކޮންޓްރެކްޓުގެ އަގަކީ 1.31 މިލިއަން ރުފިޔާ އެވެ.