10 Jul 2019, 15:13
ރާއްޖޭގެ ލީޑިން ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުން މާސްޓާސް އިން ސައިންސް އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް އެންޓަޕްރަނާޝިޕް ކޯހެއް ސެޕްޓެމްބަރުގައި ފަށާގޮތަށް ނިންމައިފި އެވެ.
މިއީ ނަން މަޝްހޫރު ޔުނިވާރސިޓީއެއް ކަމުގައިވާ ޔުނިވަރސިޓީ ޓެކްނޮލޮޖީ މެލޭޝިޔާ އިން އެވިޑް ކޮލެޖުގައި ހިންގުމަށް ހަމަޖެހިފައިވާ "މާސްޓަރ އޮފް ސައިންސް (އިންފޮރމޭޝަން ޓެކްނޮލޮޖީ އެންޓަޕްރީނިއޯޝިޕް) ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމަށް އެޕްލައި ކުރުމުގެ ފުރުޞަތު މި އަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް މިހާރު ވަނީ ހުލުވާ ވެސްލައިފަ އެވެ.
މިއީ ގައުމީ ފެންވަރުގަޔާއި ދުނިޔޭގެ ފެންވަރުގައި ކާމިޔާބުކަމާ އެކު ބޭނުން ކުރެވޭނެ އައިޓީ އާލާތްތައް އުފައްދާ ތަޢާރަފްކޮށް ވިޔަފާރި ކުންފުނިތައް ކުރިއަރުވާ ހިންގުމުގެ ހަރުދަނާ ވިއުގައެއް ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އުފައްދާ، ވިޔަފާރީގައި ވާދަވެރި މާހައުލެއް ޤާއިމްކުރުމުގެ ގޮތުން ފަށާ ކޯހެއް ކަަމަށް އެވިޑުން ބުންޏެވެ.
އަންނަ ސެޕްޓެމްބަރު މަހު އެވިޑު ކޮލެޖްގައި 45 ކޯހަށް ވުރެ ގިނަ ކޯސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސެޓްފިކެޓް ލެވެލް 3 އަކުން ފެށިގެން މާސްޓާސް ލެވެކްގެ ކޯސްތަކެވެ. އޭގެ އިތުރުން ސެޕްޓެމްބަރު އިންޓޭކުގައި އިތުރު ދެ ކޯހެއް ފެށުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން ޙާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައި ދިނުމަށް މުދައްރިސުން ތައްޔާރު ކުރުމަށް ޚާއްސަކޮށްގެން "ބެޗްލާ އޮފް ޓީޗިންގް" (ސްޕެޝަލް އެޑިއުކޭޝަން ނީޑްސް) ޕްރޮގްރާމް ވެސް ސެޕްޓެމްބަރު މަހުގައި ފެށުމަށް އެވިޑް ކޮލެޖުން ވަނީ ތައްޔާރުވެފަ އެވެ.