29 Oct 2011, 15:21
ފާޑުކިޔުންތައް އަމާޒުވެފައިވާ ރާއްޖޭގެ ޓޫރިޒަމްގެ އައު ލޯގޯ، "އޯލްވެސް ނެޗްރަލް" މާކެޓު ކުރާނެ ގޮތްތައް ދައްކުވައިދޭ ނަމޫނާ ޕޯސްޓަރުތަކެއް މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ]އެމްއެމްޕީއާރްސީ[ އިން މިއަދު އާންމުކޮށްފި އެވެ.
އެއްލައްކަ ޑޮލަރަށް ]ދޮޅު މިލިއަނެއްހާ ރުފިޔާ އަށް[ މާކެޓް ކުރުމާއި ބްރޭންޑިން އަށް މަޝްހޫރު އިނގިރޭސިވިލާތުގެ ކުއޯ ކުންފުނިން ފަރުމާ ކުރި އެ ލޯގޯ އާއި ސުލޯގަން ހިމަނައިގެން އާންމުކޮށްފައިވާ ހަތް ޕޯސްޓަރުގައި ފެންނަނީ ރާއްޖޭގެ ގޮޑުދޮށްތަކާއި ފަރުތަކުގެ އިތުރުން މަސްވެރިކަމާއި އަދި ސަގާފީ އެކި ކުޅިވަރުތަށް ކުޅޭ މަންޒަރުތަކެވެ.
އަންނަ އަހަރުން ފެށިގެން ބޭނުން ކުރަން ނިންމާފައިވާ ސާމްޕަލް އެ ޕޯސްޓަރުތަކުގައި ހިމަނާފައި ހުރި ލިޔުންތަކަކީ "ރިދަމް، އޯލްވެސް ނެޗްރަލް" ނޫނީ ރާގު އަބަދު ވެސް ގުދުރަތީ، "ކަލާ އޯލްވެސް ނެޗްރަލް" ނޫނީ ކުލަތައް އަބަދު ވެސް ގުދުރަތީ، "އައިލެންޑް އިންވެސްޓްމަންޓްސް، އޯލްވެސް ނެޗްރަލް" އަދި "ސުމައިލް އޯލްވެސް ނެޗްރަލް" ފަދަ ބަސްތަކެވެ.
މާކެޓިން ސާމްޕަލްތައް އާންމު ކުރިއިރު އެމްއެމްޕީއާރްސީން މިއަދު ބުނީ އެއީ "ކޮޕީ"ލޯގޯއެއް ކަމަށް ބުނާތީ އެކަން މިހާރު ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށެވެ.