10 Jul 2019, 09:52
ކާޓޫން މުލާންގެ ލައިވް އެކްޝަން ފިލްމުގެ ޓީޒާ އާންމުކޮށްފިއެވެ.
އެމެރިކާގެ ބަތަލާ ލިއު ޔިފީ މުލާންގެ ރޯލުން ފެންނައިރު ޓީޒާ އިން ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ.
މުލާން ރިލީޒްކުރާނީ އަންނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ޑޮނީ ޔެން، ޖޭޒަން ސްކޮޓް ލީ، ޖެޓް ލީ އަދި ގޮންގް ލީފަދަ ތަރިން ފިލްމުގައި ހިމެނެއެވެ. ޑިޒްނީގެ ކާމިޔާބު އެނިމޭޝަން މުލާންގެ ލައިވް އެކްޝަން ފިލްމު ޑައިރެކްޓްކުރަނީ ނިކީ ކާރޯ އެވެ.
"މުލާން" ގެ އެނިމޭޓެޑް ފިލްމު ބޮކްސް އޮފީހުގައި ވަނީ 304.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.
މިއަހަރަކީ ޑިޒްނީގެ ގިނަ ލައިވް އެކްޝަން ފިލްމުތަކެއް ދައްކާ އަހަރެކެވެ. އެގޮތުން މިހާރު ވަނީ އަލާއްދީން ދައްކާލައިފައެވެ. ދެން އެންމެ އަވަހަށް ފެނިގެންދާނީ މި މަހު ރިލީޒްކުރާ ލަޔަން ކިންގްއެވެ.