މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖެއިން ބައިވެރިވި ދަރިވަރުންގެ ތެރެއިން އެކި މާއްދަތަކުން ރާއްޖޭގެ 11 ދަރިވަރަކު ދުނިޔޭގެ އެއްވަނަ ހާސިލްކޮށްފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ދަރިވަރުންނަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އިނާމްއާއި އަދި ޓްރޮފީ އަރުވައިފައެވެ.

އޭލެވަލް އިމްތިހާންގައި 9 ވަނަ ދަރިވަރަކު ވަނީ މުޅި ދުނިޔެއިންވެސް އެކައުންޓިން މާއްދާއިން އެންމެ މަތީ މާކްސް ހޯދައިފައެވެ.

އެކައުންޓިންއިން އެންމެ މަތީ މާކްސް ހޯދި ދަރިވަރުން

  • އައިމިނަތު ރިސާލާ، ފ. ބިލެތްދޫ ސްކޫލް.
  • ޝަމީލާ އަބްދުލްޖަމީލް، ބ. އަތޮޅު ތައުލީމީ މަރުކަޒު.
  • އަހުމަދު އިޖްލާލް، ބ. އަތޮޅު ތައުލީމީ މަރުކަޒު.
  • ހުސެއިން ސާނީ- އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް.
  • އިސްމާއީލް ނަފާލް އިބްރާހިމް، ސީއެޗްއެސްއީ.
  • އިމްކާން އިބްރާހިމް، ސީއެޗްއެސްއީ.
  • އަބްދުﷲ ޔަޒަން ރަޝީދު، އައްޑޫ ހައި ސްކޫލް
  • އަހުމަދު އަލްހާން އާދަމް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
  • އައިޝަތު ސަހާ ރަޝީދު، އައްޑޫ ހައި ސްކޫލް

އޭގެ އިތުރުން އައިޝަތު ސަހާ ވަނީ އިކޮނޮމިކްސްއިންވެސް މުޅި ދުނިޔެއިން އެންމެ މަތީ މާކްސް ހާސިލްކޮށްފައެވެ. އަދި ޔަޒަން ވަނީ ބިޒްނަސް ސްޓަޑީޒްއިން އެންމެ މަތީ މާކްސް ހާސިލްކޮށްފައެވެ.

އެހެނިހެން މާއްދާތަކުން ދުނިޔެއިން އެންމެ މަތީ މާކްސް ހާސިލްކުރި ދަރިވަރުން

  • މުހައްމަދު މިއުވާން މަސީހު، ސީއެޗްއެސްސީ ( ބައޮލޮޖީ)
  • މުހައްމަދު ތަހްސީން ހަސަން ސީއެޗްއެސްސީ ( ފިޒިކްސް)