09 Jul 2019, 12:04
ހުޅުމާލެ ސިނާއީ ސަރަހައްދުން ބަނގުރާ ފުޅިތަކެއް ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފުޅިތައް ހޯދީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު 08:48 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ސިނާއި ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށާއި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.
މިދިޔަ އޭޕްރީލްމަހުވެސް ވަނީ ހުޅުމާލެއިން ބަނގުރާ ފުޅިތަކެއް އަތުލައިގެންފައެވެ. އެފަހަރު ބަނގުރާތައް އަތުލައިގަތީ ޑިންގީއެއްގައި ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅެނިކޮށެވެ.
ފަހަކަށް އައިސް ގެސްޓް ހައުސްތަކުންވެސް ފުލުހުން ދަނީ ބަނގުރާ ފުޅިތައް އަތުލައިގަންނަމުންނެވެ.