29 Oct 2011, 13:55
ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗްތައް ކާމިޔާބުކޮށް ހަރިކޭން ބީސީއާއި ރެޑްލައިން ކުލަބް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައި އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން، ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ހަރިކޭން ސެމީއަށް ދަތުރު ކުރީ 23 ޕޮއިންޓް 99 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މެޗުގައި ހަރިކޭނަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބު ކޮށްދިނީ 23 ޕޮއިންޓް ހޯދަދިން އިމްރާން އަހުމަދެވެ. އަދި މެޗުން ބަލިވި ބީޖީއަށް އެންމެ ގިނަ ޕޮއިންޓު ކާމިޔާބުކޮށްދިނީ ހަ ޕޮއިންޓް ހޯދައިދިން އަހުމަދު އާލިމެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހަރިކޭނަށް 14 ޕޮއިންޓް ހޯދައިދިން އަހުމަދު އިފްސާހެވެ.
މެޗުން މޮޅުވެ ހަރިކޭން ސެމީ އިން ޖާގަ ހޯދިއިރު، ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އެޓީމް ދެން ނުކުންނާނީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައެވެ. މިމެޗުން މޮޅުވާޓީމެއް ފައިނަލަށް ދަތުރު ކުރާނެއެވެ.