މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރުންނަށް ދެ ބޭފުޅަކު މިއަދު އައްޔަން ކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަސްޓަމްސްގެ ޑެޕިއުޓީންނަށް އައްޔަން ކުރެއްވީ ހުޅުމާލެ 38-01-04 އަބްދުﷲ ޝަރީފާއި މާފަންނު ތިން ހިރި މުހައްމަދު މާނިއު އެވެ.

އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅާއި ބެޖް ހަވާލުކޮށްދެއްވީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އެވެ.