29 Oct 2011, 13:33
ގދ. ހޯޑެއްދޫގައި ހަރުފައެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް އެ ރަށުގެ ދަނޑެއްގެ ތެރޭގައި ދުވެފައި ހުރިކަމުގެ ނިޝާންތަކެއް ފެނިގެން ފުލުހުން އެ ރަށަށް ގޮސް ހޯދަން ފަށައިފި އެވެ.
ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޝްރަފު މިއަދު ވިދާޅުވީ އެ ރަށުގެ ދަނޑުބިމަކުން މީގެ ދެ ދުވަސް ކުރިން ފެށިގެން ހަރުފައެއް ވައްތަރުގެ އެއްޗެއް ކަމަށް ޝައްކުކުރެވޭ ދިރޭ އެއްޗެއް އެ ރަށު މީހުންނަށް ފެންނަމުންދާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"ހަރުފައެއް ކަހަލަ އެއްޗެއްގެ ނިޝާން ފެނިފައި އެބަހުރި. ގާތްގަޑަކަށް އެ ރޮނގުތަކުގެ ފުޅާމިނުގައި ހަތަރު އިންޗި ހުންނާނެ. ސަތޭކަ ފޫޓު ދުރަށް، އޭތި ވިނަގަޑުމަތިން ދުވެފައި ހުރިކަން ރޮގުތަކުން އެބަހުރި ފެންނަން،" އަޝްރަފް ވިދާޅުވި އެވެ. ސަން އަށް ލިބިފައިވާ ފޮޓޯތަކުން ވެސް ވިނަގަނޑުމަތިން އެއްޗެއް ދުވެފައިވާ ކަމުގެ ނިޝާން ފެންނަން ހުރެ އެވެ.
http://sun.mv/albums/l_2190.jpg
ކައުންސިލްގެ ރައީސް ވިދާޅުވީ އެ ނިޝާންތައް ފެނުމަށް ފަހު މިއަދު ހެނދުނު ކުރިޔަށްވުރެ ގިނައިން އޭތި ދަނޑުގެ ތެރޭގައި ދުވެފައި ހުރި ނިޝާން ފެނުމުން ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް އެ ސަރަހައްދުން އެފަދަ އެއްޗެށް ފެނޭތޯ ހޯދަމުން އަންނަ ކަމަށެވެ.
އެ ރަށުން މަޢުލޫމާތު ދިން މީހަކު ބުނީ ދަނޑުވެރިން ގެންދާ ދަނޑުވެރިކަމުގެ ބައެއް ސާމާނު ބޭރުން ގެންނަ ގޮތަށް ސީދާ ހޯޑެއްދޫއަށް އަރުވާ ކަމަށާއި، އެހެންކަމުން އެއިން ދާގީނާއެއްގެ ތެރޭގައި އެ ރަށަށް ހަރުފައެއް އެތެރެވުމަކީ ވެދާނެކަމެއްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: