ހަތަރު އަހަރުގެ ފިރުހެން ކުއްޖަކު ކ. މާާފުށީގައި ގެބިގެން މަރުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މާފުއްޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު އާއިލާއެއްގެ ހަޔަރު އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން އުޅޭކަމަށް ބުނެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު، ގެނބުނު ކުޑަ ކުއްޖާ މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާފުށީ ސިއްހީ މަރުކަޒާ ހަވާލާދީ، އެރަށު ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ސަން" އަށް ވިދާޅުވީ، މިއަދު ގެނބިގެން ސިއްހީ މަރުކަޒަށް ގެނައި ރަށުން ބޭރު ކުއްޖަކު މަރުވެފައިވާ ކަމަށެވެ.

ގެނބުނު ކުއްޖާ ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު 2:50 އެހައިކަށް ހާއިރުއެވެ.

ފުލުހުން ބުނި ގޮތުގައި، އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ހަރަކާތް ނުކުރާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.