ކުޅުދުއްފުށީ ފިހާރަކައަކުން ވައްކަން ކުރި ކަމަށް ރިޕޯތު ކުރިތާ 30 މިނެޓުތެރޭ ފުލުހުން ވަގު ހޯދައިފިއެވެ.

ފުލުހުން ބުނީ މިއަދު 14:30 ހާއިރު ހދ ކުޅުދުއްފުށީ ފިހާރައެއް ފަޅާލައިގެން ވައްކަންކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.

އެ މައްސަލަ ހުށަހެޅުނުތާ ބައި ގަޑިއިރު ތެރޭ، ވައްކަމުގެ ތުހުމަތު ކުރެވުނު މީހާ ހައްޔަރު ކުރި ކަމަށާއި ވަގަށް ނެގި ކަމަށް ބެލެވޭ 3940 ރުފިޔާވެސް ފުލުހުން ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.