ކާމިޔާބު މީހުންގެ ސިފަތައް އަށަގެންނެވުމަށް ސްކޫލުތަކަށް އަމާޒުކޮށް ދުނިޔޭގެ މަޝްހޫރު ފްރޭންކްލިން ކޮވޭއިން ރާއްޖޭގައި ވޯކްޝޮޕެއް ބާއްވައިފި އެވެ.

ފްރޭންކްލިން ކޯވޭއަކީ އެކި ކުންފުނިތަކާއި އަދި އޮގަނައިޒޭޝަންތަކަށް ލީޑާޝިޕް މެނޭޖްމަންޓް ޓްރެއިންނިން ހިންގާ އެމެރިކާގެ މަޝްހޫރު ކުންފުންޏެކެވެ.

ފްރޭންކްލިން ކޯވޭގެ އިސްބޭފުޅުންގެ ތެރޭގައ ހިމެނޭ ސްޓެފަން އާރު ކޯވޭ މީގެ ކުރިން ވަނީ " ސެވަން ހެބިޓްސް އޮފް ހައިލީ އެފެކްޓިވް ޕީޕަލް" ގެ ނަމުގައި ފޮތެއްވެސް ލިޔުއްވައިފައެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ވޯކްޝޮޕް ކުރިއަށް ގެންގޮސްފަިއވަނީ އެމެރިކާގެ އިންސްޓިޓިއުޓެއް ކަމަށްވާ ފްރޭންކްލިން ކޯވޭއާ އެޑިއުކޭޝަން މިނިސްޓްރީގެ ނެޝެނަލް އިންސްޓްޓިއުޝަން އޮފް އެޑިއުކޭޝަން ގުޅިގެންނެވެ.

އެ ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ނެޝެނަލް އިންސްޓްޓިއުޝަން އޮފް އެޑިއުކޭޝަންގެ ހޯލްގައެވެ.

އެ ވޯކްޝޮޕްއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އެ ވޯކްޝޮޕްގައި މާލޭގެ ހުރިހާ ސްކޫލުތަކެއް ޕްރިންސިޕަލުންނާއި އަދި އިތުރު އެއްބޭފުޅެއްގެ އިތުރުން ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއޭ)ގެ ފަރާތުން ޕްރޮފެޝަނަލް އެއް ސްޓާފަކު ބައިވެރިވެލެއްވި ކަމަށެވެ.

އަދި އެ ވޯކްޝޮޕްގައި ދަރިވަރުންގެ ހުނަރު އިތުރަށް ތަަރައްގީކޮށް ދިރިއުޅުމަށް ތައްޔާރުވުމަށް އެހީތެރިވުމަށް ވާކްޝޮޕްގައި މައުލޫމާތު ދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ވޯކްޝޮޕްގެ ފެސިލިޓޭޓާއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އޭޝިއާ ޕެސިފިކް އެންޑް ޑައިރެކްޓަރު އޮފް އިންޓަނޭޝަނަލް ހަޔާ އެޑިއުކޭޝަންގެ ރީޖަނަލް ލީޑް ކޯޗް ޖެނީޓާ އެވެ.