އައްޑޫ ސިޓީގައި ޕްރައިވެޓް ބޯޑް ޖަހައިގެން ޓެކްސީގެ އުސޫލުން ކާރު ދުއްވާ ފަރާތްތަކުން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން އެކަން އިސްލާހުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފުރުސަތުދީފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)މިއަދު ވިދާޅުވީ އެގޮތަށް އަންގާފައި ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ ހިލާފަށް ޕްރައިވެޓް ބޯޑް ޖަހައިގެން ޓެކްސީގެ އުސޫލުން ކާރު ދުއްވާތީ ކަމަށެވެ.

"ގަވާއިދާ ހިލާފަށް ޕްރައިވެޓް ބޯޑް ޖަހައިގެން ޓެކްސީ އުސޫލުން ދަތުރުކުރާތީ އެކަން އަންނަ މަހުގެ ފުރަތަމަ ދުވަހުގެކުރިން އިސްލާހުކުރުމަށް ސިޓީ ކައުންސިލުން ފުރުސަތު ދިނީ،" މޭޔަރު ވިދާޅުވިއެވެ.

Abdhullah Sadhig (mp3)

މޭޔަރު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީންގެ ގަވާއިދާ އެއްގޮތަށް އަންނަ މަހުގެ ފުރަތަމަ ދުވަހާއި ހަމަޔަށް އެކަން އިސްލާހު ނުކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ސިޓީ ކައުންސިލުން އަޅާނެ ކަމަށެވެ.