04 Jul 2019, 13:26
ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ގެއެއްގައި ގެންގުޅު ބިދޭސީ މީހަކު އެގޭގައި ދިރިއުޅުނު ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބިދޭސީ އަކު ހަތަރު އަަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އިއްޔެ ހަތަރެއް ޖެހި އިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާ ކަމަށެވެ. އެމައްސަލާގައި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ބަންދާ މެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.