03 Jul 2019, 22:06
އަށްޑިހަ ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ އެސްޓީއޯ ވެއާހައުސް ސޭލް ފަށައިފިއެވެ.
މި މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި ސޭލް ކުރިއަށްދަނީ އަމީނީ މަގުގައި ހުންނަ އެސްޓީއޯ ހަތް ނަންބަރު ކޮށީގައެވެ. ރޭގަނޑު އަށަކުން 11 އަށް ކޮންމެ ރެއަކުވެސް މި ސޭލް ކުރިއަށްދާނެއެވެ. ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު ހަތަރަކުން ރޭގަނޑު އެގާރައަށް ސޭލް ކުރިއަށްދާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ ވެއާހައުސް ސޭލްގައި ފިލިޕްސް، ހިޓާޗީ،ނިޕޯން، މަކީޓާ އަދި އެސްޓީއޯ ސުޕަމާޓުން ވިއްކާ ގޭތެރެއަށް ބޭނުންވާ ސާމާނު ޑިސްކައުންޓް އަގުގައި ލިބޭނެ ކަމަށެވެ.
ވެއާހައުސް ސޭލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ރެއަކުވެސް ގުރުއަތުލުމެއް ނަގާނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ރޭ ފެށި މި ސޭލަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭކަމަށް އެސްޓީއޯ އިން ބުންޏެވެ.